ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ރަޖިސްޓަރ ކުރުމާއި ގުޅޭ

 

އިޢުލާން

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ރަޖިސްޓަރ ކުރުމާއި ގުޅޭ

މިއެޖެންސީގެ ނަންބަރު 199-PLS/CIR/2019/3 (20 އޮކްޓޫބަރު 2019) ސަރކިއުލަރ އާއި ޙަވާލާދީ ދަންނަވަމަވެ.

ޤާނޫނު ނަންބަރު 2014/2 (އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު" ގެ ދަށުން މިއެޖެންސީން ފޯރުކޮށްދޭ ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ، ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް އަދި އޭގެ ހައްގުވެރިންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 20 އޮކްޓޫބަރު 2019 ގައި ގެޒެޓުކުރެވިފައިވާ "ގަވާއިދު ނަންބަރު 2016/R-39 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" މެދުވެރިކޮށް މިޕްރޮގްރާމަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. މިގޮތުން ޙަވާލާދީފައިވާ ސަރކިއުލަރގައި ފޯމު ހުށަހެޅުމަށް ދީފައިވާ މުހުލަތަކީ 31 ޑިސެންބަރު 2019 ގެ ނިޔަލަށް ކަމުގައިވީނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ފޯމު ހުށަހަޅަމުންދާތީވެ، މިމުއްދަތު 31 މާރިޗު 2020 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމަވެ.

އަދި ހަމަމިއާއިއެކު، ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، ޤާނޫނު ނަންބަރު 2014/2 (އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ އެހީތަކުގެ ތެރެއިން އެހީ ލިބޭ ފަރާތްތަކަށް އެހީ ހަމަޖެހުނުތާ 2 (ދޭއް) އަހަރު ވެފައިވާ ފަރާތްތަކުންވެސް، 31 މާރިޗު 2020 ގެ ކުރިން އަލުން ފޯމު ހުށަހެޅުއްވުމަށް އިތުރު ވަގުތު ދެވިފައިވާ ވާހަކަ ދަންނަވަމަވެ. އަދި މިމުއްދަތުގެ ފަހުން އެހީ ހަމަޖައްސާދެވޭނީ އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުއްވުމުން ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

އެހީއަށް އެދޭ ފޯމް މިއެޖެންސީގެ ކައުންޓަރުންނާއި (މއ. ދޮންވެލި، އަމީނީ މަގު)، ވެބްސައިޓުން  (http://www.nspa.gov.mv/dh/) އަދި ކައުންސިލް އިދާރާތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް، 1402 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމަވެ.

                                             05 ޖުމާދަލްޢޫލާ 1441

31 ޑިސެންބަރު 2019

31 ޑިސެންބަރު 2019
ހޯދާ