މާޅެންދޫ މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓުސް ސްޕަވައިޒަރ ( ކޮންޓްރެކްޓް)

`

މާޅެންދޫ ސްކޫލް 

 ނ. މާޅެންދޫ   

                                                     ނަމްބަރ:GS114/2019/32-1UL

އިޢުލާން

 

ވަޒީފާގެ ފުރުސަތު:

        މި ސްކޫލަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 މަޤާމް:           ސްޕޯޓުސް ސްޕަވައިޒަރ

 ބޭނުންވާ ޢަދަދު:    1  (އެކެއް)

  ވަޒީފާއޮތް އޮފީސް:       ނ. މާޅެންދޫ ސްކޫލް

 މަޤާމްގެ ގިންތި:           ކޮންޓްރެކްޓް )  ދިރާސީ އަހަރަށް )

  ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     މާޅެންދޫ ސްކޫލް / އެކަޑެމިކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

މަޤާމުގެ އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 އޮފިސަރ   ގްރޭޑް 2

ޖީ.އެސް 4

- ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަހަކު -/5،020 ރުފިޔާ

 

 

 

މަހަކު -/1،500 ރުފިޔާ

 

 

 

 

 

 

 މަޤާމުގެ މަސްއޫލިއްޔަތު:

 

- ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް، ސްކޫލުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

- ދަރިވަރުންނަށް ނެގޭ ޕީ.އީ ގަޑިތައް ކުރިއަށްގެންދިއުމުގައި ޕީ.އީ ޓީޗަރަށް އެހީތެރިވުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން.

- ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުން.

- ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު، ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން ހޯދުން.

- ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ރިކޯޑްސް ބެލެހެއްޓުން.

- ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.

- އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އަތޮޅު މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމް ރާވައި ހިންގުން.

- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި ޕީ.އީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށް ޕްރިންސިޕަލަށް ހުށަހެޅުން.

 

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި ކުރާ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކުރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް 

 ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:

- ތަޢުލީމާއި ތަމްރީނަށް.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،13 ޖެނުއަރީ 2020 ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، މާޅެންދޫ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ 14 ޖެނުއަރީ އާއި 16 ޖެނުއަރީ އާއި ދެމެދުއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، ސޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

ނޯޓު:

- މި އިޢުލާނުގެ ކޮޕީއެއް، ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި، 6560575 ނަންބަރު ފޯނާއެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

 

31 ޑިސެމްބަރ 2019

 

31 ޑިސެންބަރު 2019
ހޯދާ