ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް، ދިވެހިރާއްޖެ
ނަންބަރ: FVMH/(I)(I)HR/MHC/2019/21
އިޢުލާން
ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.
މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަގާމު: |
ރެޖިސްޓަރޑް ނަރސް |
||
މަޤާމުގެ ނަންބަރ: |
J-319867 |
||
ބޭނުންވާ އަދަދު: |
01 ( އެކެއް) |
||
މަޤާމުގެ ގިންތި: |
ދާއިމީ |
||
މަޤާމުގެ ރޭންކް: |
CS08-1 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ނަރސިންގ ޕްރޮފެޝަނަލްސް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފުވައްމުލަކު ހޮސްޕިޓަލް |
||
މުސާރަ: |
މަހަކު 9060.00 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ |
||
އެހެނިހެން އެލަވަންސް: |
|
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- އައި.ސީ.ޔޫ،ވޯޑު،ލޭބަރ ރޫމް، އެން.އައި.ސީ.ޔޫ ފަދަ ނަރުހުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުންނަން ޖެހޭ މިންގަނޑަށް ސާފުތާހިރުކަން ހިފެހެއްޓިފައިވޭތޯ ބަލައި ހައިޖީން އެންޑް އިންފެކްޝަން ކޮންޓުރޯލް ޔުނިޓުގެ އިންޗާޖްއާއި ގުޅިގެން ސާފުތާހިރުކަން ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުން. - ފުވައްމުލަކު ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓުރޯލް ކުރުމުގެ ގޮތުން ހެދިފައި ހުންނަ ޤަވާޢިދުތަކަށް އިޙްތިރާމްކުރުމަށް ބަލިމީހުންގެ އެހީތެރިންނަށް ނަޞޭޙަތްތެރިވުމަށާއި އަދި އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ( ޕޭޝަންޓް ކޮންފިޑެންޝިއަލިރޓީ އާއި އެއްގޮތަށް ) ފޯރުކޮށްދިނުން. - އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ދިނުން. - ފުވައްމުލަކު ހޮސްޕިޓަލަށް ވިހަން އަންނަ މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުމާއި ނާރސިންގ ސާރވިސަސްއަށް ބޭނުންވާ އެހެން ކަންތައްތަކުގައި އެހީތެރިވެދިނުން. - އިތުރު ފަރުވާއަށް ރަށުން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ ކަންތައްތައް ސްޕަވައިޒަރާއި ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ކުރުމާއި ދަތުރަށް ބޭނުންވާ އެންމެހައި ކަންތައްތަކުގައި އެހީތެރިވެދިނުން. - ކޮންމެ ޑިއުޓީއެއް ފެށުމާއިއެކު އިންވެންޓްރީ ނަގައި ފީމޭލް އެންޑް ޕީޑިއެޓްރިކް ވާރޑަށް ބޭނުންވާނެ ތަކެތި ހުރިތޯ ބަލައި، މަދުވާތަކެތި ސްޕަވައިޒަރގެ ލަފާގެމަތީން ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދައި ހަމަކުރުން - ނާރސިން ސާރވިސް ( ފީމޭލް އެންޑް ޕީޑިއެޓްރިކް ވާރޑް ) އަށް ބޭނުންވާ ތަކެތި، ( މެޝިނަރީސް، އިކުއިޕްމަންޓް، އަދި އިންސްޓްރޫމަންޓް، ކޮންސިއުމަބަލްސް ފަދަ ތަކެތި ) ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ސްޕަވައިޒަރގެ މަޝްވަރާގެ މަތިން ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދާ ހަމަކުރުން. - މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓް ފަދަ ސްޕަވައިޒަރގެ މަޝްވަރާގެ މަތިން ކަމާބެހޭ ސެކްޝަނަކާ ގުޅިގެން ހައްލުކޮށް، ނާރސިންގ ސާރވިސް ( ފީމޭލް އެންޑް ޕީޑިއޭޓްރިކް ވާރޑް ) އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން - ފުވައްމުލަކު ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއިއެކު ބައިވެރިވުން. - މީގެ އިތުރުން ވެސް ކުއްލިއަކަށް ދިމާވާ ކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި، އެހެނިހެން މުވައްޒަފުން އެހީތެރިވެދިނުމާއި އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި އިސްނެގުމާއިއެކު ޢަމަލީގޮތުން ބައިވެރިވުން.
|
||
މަޤާމުގެ ޝަރުތުތައް: |
|
||
ގުޅޭ ވަޒީފާގެ ދާއިރާތައް |
ނަރސިންގ |
||
|
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8- މޯލްޑިވްސް ނަރސިންގ އެންޑްމިޑްވައިފަރީ ކައުންސިލް ގައި ރެޖިސްޓަރ ކުރެވިފައިވާ މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ. 9- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
* ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. * ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުން (www.health.gov.mv) ލިބެން ހުންނާނެއެވެ. |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް ފުވައްމުލަކު ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ ad[email protected] އެވެ. އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޖަނަވަރީ 2020 އާއި 23 ޖަނަވަރީ 2020 އާ ދެމެދު ، ފުވައްމުލަކު ހޮސްޕިޓަލުގެ މީޓިންގ ރޫމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||
ޝޯޓް ލިސްޓްކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ އިތުރު ވާނަމަ އެންމެ މަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
||
ި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ ad[email protected] އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
04 ޖުމާދަލްއޫލާ 1441ހ.
30 ޑިސެންބަރު 2019މ.