ދިވެހިރާއްޖެ
އަހަރީ އާއްމު ޖައްލަސާ 2019/2020
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ނުބާއްވާ ފަސް ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއިން އަމުރު ކުރުމަށް ފަހު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ކޮމިޝަނަރ ގެ އެއްވެސް އިއުތިރާޒެއް ނުވާކަން ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ސިޓީ ނަންބަރު: 141-COS/CBM/2019/27 ސިޓީއިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް އަންގަވާފައެވެ.
މިގޮތުން 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެޤްޒެކިއުޓިވް ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. އެޤްޒެކިއުޓިވް ކޮމިޓީގެ މިބައްދަލުވުމުގައި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި 2020 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާ އެކުގައި 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ފާސް ކުރެވިފައެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެޤްޒެކިއުޓިވް ކޮމިޓީގެ މިނިންމުން ބިނާވެފައި ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަސާސީ ޤަވާއިދަށް ބެލުމަށްފަހު އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް މެންބަރުންނަށް އެންމެ ކުޑަމިނުން 30 ދުވަހުގެ ނޯޓިސް ދޭންޖެހޭނެތީ އާއިއެކު އަހަރީ އާންމު ޖަލްސާއަށް ތައްޔާރުވާން 2019 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތަކީ އެކަށޭނަ މުންދަތެއް ނޫން ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެޤްޒެކިއުޓިވް ކޮމިޓީއަށް ފެންނާތީއެވެ.
ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެއްމެހާ މެމްބަރުންގެ މައުލޫމާތަށްޓަކައި އޭޖީއެމް ބޭއްވޭނޭ ދުވަސް އާއްމުކޮށް އިޢުލާން ކުރަމެވެ.
އޭޖީއެމް ބޭއްވޭނޭ ތާރިހް:- 20 ފެބްރުއަރީ 2020
ގަޑި:- 20:30 – 22:00
ތަން:- ސޯސަލް ސެންޓަރ
2019 / 2020 އާންމު ޖަލްސާގެ އެޖެންޑާ
- ތައާރަފް
- 2018 / 2019 ވަނަ އަހަރުގެ އަހްރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
- 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
- 2019 / 2020 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
- 2019 / 2020 ވަނަ އަހަރަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ފާސްކުރުން
- ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ގެނެވުނު އިސްލާހުތަކަށް ވޯޓަށް އެހުން
- މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް
31 ޑިސެމްބަރ 2019
05 ޖުމާދުލްއައްވަލް 1441