ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ:މަހަކު -/5610 ރުފިޔާ
އިތުރު އެލަވަންސް: -/4500 ރުފިޔާ އާއި، -/7000 ރުފިޔާ އާ ދެމެދުގެ އަދަދެއް ތައުލީމީ ފެންވަރަށް ބަލާ ހަމަޖައްސައި ދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ރ. އުނގޫފާރު ފާމަސީ / މެޑިކަލް ޑިޕާޓްމަންޓް
އެހެނިހެން އިނާޔަތްތައް
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެނުއަލް ބޯނަސް ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ސައުތް އޭރިޔާގެ ފާމަސީ ތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުން
- ފާމަސީތަކަށް ބޭސްތައް ފޯރުކޮށްދިނުން
- ފާމަސީތަކުގެ ހުންނަ ބޭސްތަކުގެ އެކްސްޕަޔަރީ މޮނިޓަރކޮށް ބެލެހެއްޓުން
- ބޭސްތައް ގެންދިއުމާއި ގެނައުމުގެ ޕްރޮސެސް މޮނިޓަރކުރުން އަދި މިޕްރޮސެސްގައި ދިމާވާދަތިތައް ގުޅުންހުރި ސެކްޝަނަކާ ވާހަކަ ދައްކައިގެން ހައްލުކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޑިގްރީ / ޑިޕްލޮމާ ފެންވަރު ހުރުން ނުވަތަ
- މަޤާމައި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (https://sto.mv/downloads) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344264 / އީމެއިލް އެޑްރެސް:[email protected]
