ދިވެހިރާއްޖެ
ފިޔަވަތި އަށް ބޭނުންވާ ފަރުނީޗަރު ޖެހުމަށާއި ، ބައެއްފަރުނީޗަރާއި ގޮދަޑި ، އަދި މެޝިނަރީ ފަދަތަކެތި ގަންނަން ބޭނުންވެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތި އަށް ބޭނުންވާ ފަރުނީޗަރު ޖެހުމަށާއި ބައެއްފަރުނީޗަރާއި، ގޮދަޑި ގަންނަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖަނަވަރީ 2020 ވާ ހޯމަދުވަހުގެ ދުވަހުގެ 13:00 ގައި، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް3027562 ގުޅުއްވުން އެދެމެވެ.