ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2019/40
މިސަރވިސް އަށް 3 އެއަރކަންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިސަރވިސް އަށް 3 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (MMS-A/2019/40) އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ އަލުން އިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2020 ޖެނުއަރީ 12 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހުޅުލޭގައި (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބާއި ބެހޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އެއަރ ކޮންޑިޝަންގެ ޢަދަދާއި ތަފްސީލް:
ބޭނުންވާތަން |
ބޭނުންވާ އަދަދު |
ސައިޒް |
ޓައިޕް |
ތަފްސީލް |
# |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ކްލައިމެޓް ސެކްޝަން |
02 |
18000 BTU |
ސީލިންގް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
1 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ރާޑަރ ސައިޓް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
2 |
- މަތީގައިވާ ގޮތަށް 03 އެއަރކަންޑިޝަންއަށް، ހަރުކުރުމުގެ އަގާއި އެކު އެސްޓިމޭޓް ހުށައެޅުއްވުން.
- އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، އެއަރ ކޮންޑިޝަންތަކުގެ ރޭޓާއި ހަރުކޮށްދިނުމުގެ އަގާއި ތަކެތި ގެންދިއުމުގެ އަގު އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.
- އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މިހާރުވެސް އެއަރ ކޮންޑިޝަން ހަރުކުރުމަށް ތައްޔާރުކުރެވިފައިވާ ބްރެކެތްތަކަށް ފިޓްވާނެ އެއަރކޮންޑިޝަންއަކަށެވެ. އަދި މި އެއަރ ކޮންޑިޝަން ހަރުކުރުމަށް ހަމަޖެހިފައިވާ ތަނުގެ މިންތަށް އެނގޭނެގޮތަށް ނެގިފައިވާ ފޮޓޯއެއް މި އިއުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- އެސްޓިމޭޓް ހުށަހެޅުމުގެ ކުރީގައި ސަރވޭ ކުރުމަށްބޭނުންވާ ފަރާތްތަކުން 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 1300 ސުންމިނެޓުގެ ކުރީގައި ބަންދުނޫން ކޮންމެ ދުވަހަކުވެސްހެނދުނު 8:00 ން މެންދުރު 14:00 ނިޔަލަށް ހުޅުވާލެވިފައިވެއެވެ. އެހެންނަމަވެސް، ސަރވޭ ކުރުމަށް ވަޑައިގަތުމުގެ ކުރިން [email protected] އަށް މެއިލްކޮށް ސަރވޭކުރުމަށް ހުއްދަހޯދަންވާނެއެވެ.
- އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 75) |
75 |
|
10 |
3. ތަޖުރިބާ: (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ) ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. |
05 |
|
10 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
04 ޖުމާދުލްއޫލާ 1441