އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ބަނދަރު ސަރަހައްދުން ތެޔޮ ބިން ކުއްޔަށް ދޫކުރުން

ފެންފުށީ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް ފެންފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

އދ. ފެންފުށީ ބަނދަރުގެ ހުޅަނގު ސަރަހައްދު

ތެޔޮވިއްކާ

800 އަކަފޫޓު

އަކަފޫޓަކަށް މަހަކު 50/- ލާރި

ބިން ތަރައްޤީކުރުން

ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކުރާނެ ގޮތާއި ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަމެއްގެ ގޮތުގައި ފެންވަޅެއް ބަހައްޓާ 2 ސަރަހައްދެއްގައި ފެން އިސްކުރު ބަހައްޓަންވާނެއެވެ.    

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

60%

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ހުށަހަޅާ ގޮތައް   

10%

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތަށް ދެވޭ މާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ ޕްރޮޕޯޒަލް އަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމަށް ހުށަހަޅާ ފަރާތަކަށްށެވެ.

ތެޔޮވިޔަފާރި ކުރުމުގެ ހުއްދައަށް

 10%
  • ތެޔޮ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަމުގައި ވާނަމަ ކަނޑައެޅިފައިވާ % ލިބޭނެއެވެ.

ވިޔަފާރި ފެށުމަށް ހުށަހަޅާ މުއްދަތަށް

 10%
  • ހުށައެޅޭ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އަށް ބަހާލައިގެންނެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

10%

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކުސް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އަށް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.

 

30 ޑިސެންބަރު 2019
ހޯދާ