ދިވެހިރާއްޖެ
ނަންބަރު: (IUL)399-MS/399/2019/74
އިޢުލާން
މި އިދާރާއިން ދެމުންގެންދާ 2 ޚިދުމަތަކަށް ބަދަލުގެނައުން
މި އިދާރާއިން ދެމުންގެންދާ އަންނަނިވި ދެ ޚިދުމަތަށް 1 ޖަނަވަރީ 2020 އިން ފެށިގެން ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
1) އެއް ފަރާތަށްވުރެ ގިނަފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭ ގޯތި އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ސްޓޭމްޕް ޖެހި ރަޖިސްޓްރީ (މާސްޓަރ ރަޖިސްޓްރީ) މި އިދާރާގައި ބޭއްވުމަށްފަހު، ޢިމާރާތުގެ ނުވަތަ ގޯތީގެ ވެރިފަރާތްތަކަށް އެ ރަޖިސްޓްރީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އެއިން ކޮންމެ ފަރާތަކަށް ދިނުން.
2) އަލަށް ނަންކިޔާ ނުވަތަ ގޯތީގެ ނަންބަދަލުކުރާ ގޯތިތަކުގެ ރަޖިސްޓްރީއަށް އެދޭއިރު، ރަޖިސްޓްރީއަށް އެދޭ ފޯމާއެކު ނަންފާސްކުރި ސުލިޕް ހުށަހަޅަންޖެހޭގޮތަށް ހަމަޖެއްސުން.
ވީމާ، ދެންނެވިފައިވާ ގޮތަށް އިސްވެ ދެންނެވުނު 2 ޚިދުމަތް ބަދަލުކުރެވިފައި ވާކަމުގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
3 ޖުމާދުލްއޫލާ 1441 ހ
29 ޑިސެންބަރު 2019 މ