ދިވެހިރާއްޖެ
ނަމްބަރ:IL-P/423/2019/93
އިޢުލާން
1.5 ޓަނުގެ ޕިކަޕް ޕްރޮގުރާމް ކުރުމާއި ބެހޭ
ފަރެސްމާތޮޑާ ވޭސްޓް މެނޭޖްމެނެޓް ސެންޓަރުގައި ބޭނުންކުރަމުން ގެންދާ 1.5 ޓަނުގެ ޕިކަޕުގައި މައްސަލަޖެހި ޕްރޮގުރާމް ގެއްލިފައިވާތީ ޕިކަޕު ޕްރޮގުރާމްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2020 ވަނަދުވަހު13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 ޖަނަވަރީ 2020 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބަދަލުގައި އަންނަ ފަރާތްކަކުން އެކަން އެނގޭނެފަދަ ލިއުމެއް ގެންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " 1.5 ޓަނުގެ ޕިކަޕް ޕްރޮގުރާމް ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްކަތުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.