ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ ކައުންސިލްގެ އިދާރާ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ކުނަހަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން         

          2020 ވަނަ އަހަރު މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވިޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ބިޑުފޮތުގެ އަގަކީ 100 (ސަތޭކަ) ރުފިޔާއެވެ. ބިޑްފޮތް ވިއްކުމަށްފަހު އެ ފޮތުގެ އަގައްވާ ފައިސާ އަނބުރާ ހަވާލު ނުކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

12 ޖެނުވަރީ 2020  ވާ އާދިއްތަ ދުވަހުގެ 13:00 އަށް

21 ޖެނުވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް

 

    މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

                 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                 04 ޖުމާދަލް އޫލާ 1441

                 30  ނޮވެންބަރ  2019

 

                             ޟިރުޣާމް ސަޢީދު                                             ލިރުޣާމް ސައީދު

                             ކައުންސިލްގެ ނރައީސް     

30 ޑިސެންބަރު 2019
ހޯދާ