މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މުލީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އޭރިއާ މަރާމާތުކޮއް އޭސީ ކޮއްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

މުލީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އޭރިއާ މަރާމާތުކޮއް އޭސީ ކޮއްދޭނެ ފަރާތެއް  ހޯދުމަށް

 

               ހޮސްޕިޓަލަށް އޯޕީޑީ އޭރިއާ މަރާމާތުކޮއް އޭސީ ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)MRH-PRO/2019/22  (23 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް 03 ފަރާތުން ހާޒިރުވެފއި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

                ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

                 

                  އަދި ދަންނަވަމެވެ. މަޢުލޫމާތުސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،  6720605  ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

 

03 ޖުމާދުލްޢޫލާ   1441

29 ޑިސެންބަރ  2019

29 ޑިސެންބަރު 2019
ހޯދާ