ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ފެށުމަށް (IUL)160-AD&HR/1/2019/54 (14 ނޮވެމްބަރ 2019) ވަނަދުވަހު ކުރިއިޢުލާނާގުޅިގެން ތިރީގައި މިދަންނަވާ ކޯސްތަކުގެ ޖާގަ އިތުރަށް ހުރުމާއެކު އެކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
- މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2019 ނޮވެމްބަރ 29 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ޖަނަވަރީ 9 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މި ކޯހުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީހެއް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.
- މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކަށް ބާއްވާ ބަސްދީގަތުން އޮންނާނެދުވަހެއް ފަހުން އަންގާނެއެވެ.