ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
02 ފާހާނަ އަޅައިދޭނެ ފަރާތެއް ހޯދުން މި

ނަންބަރު:      227/2019

 

 

                                   އިޢުލާން

ސްޓާފް 02 ފާހާނަ އަޅައިދޭނެ ފަރާތެއް ހޯދުން

މިމަދަރުސާގެ ސްޓާފް 02 ފާހާނަ އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތުދިނުމުގެ ސެޝަން

ތ.އަތޮޅުމަދަރުސާ

6 ޖަނުއަރީ 2020

ހޯމަ

10.00

އަންދާސީހިސާބު ހުށަހެޅުން

ތ.އަތޮޅުމަދަރުސާ

12 ޖެނުއަރީ 2020

އާދީއްތަ

10.00

 

 މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

29 ޑިސެންބަރު 2019
ހޯދާ