މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ ސްކޫލަށް ބޭނުންވާ އައުޓް ޑޯ ކުލޭސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޕްރީ ސްކޫލަށް ބޭނުންވާ އައުޓް ޑޯ ކުލޭސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު: (IUL)305/305/2019/121 (19 ޑިސެމްބަރ 2019) އިޢުލާނަށް އިޖާބަ ދެއްވާ އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ދެފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

މިކައުންސިލުން ހިންގަމުން ގެންދާ މާކުރަތު ޕްރީ ސްކޫލަށް ބޭނުންވާ އައުޓް ޑޯ ކުޅޭ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިގަޑީގައި ހުށަހެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓަރކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮންނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވަނީ ގެޒެޓްކުރެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭޏުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 4009831، ނުވަތަ 4009830 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  29 ރަބީޢުލްއާޚިރް 1441

26 ޑިސެންބަރު 2019
ހޯދާ