ދިވެހިރާއްޖެ
ހުޅުދެލީސްކޫލް
ދ. ހުޅުދެލި
ދިވެހިރާއްޖެ ނަންބަރު: GS-171/IUL/2019/47
އިޢުލާން
ނަންބަރު GS-171/IUL/2019/45(19 ޑިސެމްބަރު 2019) ގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
މިސްކޫލްގެ މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ ދެންނެވިފައިވާ މަސައްކަތް ތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތް ތަކެއް އަމިއްލަ ޚަރަދުގައި ކޮށްދެވިދާނޭ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 30 ޑިސެންބަރު 2019 (ހޯމަ) ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މިއިން ކޮންމެ މަސައްކަތަކަށްވެސް އަންދާސީ ހިސާބު ހުށައަޅުއްވާނީ ވަކިވަކިންނެވެ.
- ހޯލް ކުލާސްތަކުގައިހުރި ޕާޓިޝަން މަރާމާތުކުރުން.
- ދަރިވަރުންގެ ފާޚާނާގެ ތަޅުމުގައި ހުރި މުށި ބަދަލުކުރުން.
- މުއައްޒަފުންގެ ފާޚާނާ މާރާމާތުކުރުން.
- އިމާރާތްތަކާއި ވަށާފާރު ކުލަ ބަދަލުކުރުން.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.