ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް

2 އަހަރު ދުވަހުގެ މުއްތަދަށް އޮޅުވެލިފުށީ ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި (IUL)329-OC/329/2019/72) ) ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށް ބިޑު ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބިން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާ އެކު ސަރަހައްދުގެ ޗާޓް އެއް ހީރަސް ކުރެވިފައިވާނެއެވެ. ބިމުގެ ބޮޑު މިނަކީ 5000 އަކަފޫޓެވެ. ބިން ބޭނުންކުރެވޭނީ ހަމައެކަނި ގުދަންކުރުމުގެ ބޭނުމުގައެވެ.

          

                  ވީމާ މިބިން ކުއްޔަށް ހިފުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 29 ޑިސެމްބަރ 2019 އިން 03 ޖެނުއަރީ 2019 ވަނަ ދުވަހުގެ 11:00 ކުރިން ބިޑު ރަޖިސްޓުރީ ކުރެއްވުން އެދެމެވެ. އަދި މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުން މަޢުލޫމާތު ކަރުދާސް އަދި ބިޑް ފޯމް ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.

                  ބިޑް ހުށަހަޅާނީ 07 ޖަނަވަރީ 2020 ވަނަ ދުވަހުގެ 11:00 ގައެވެ.

                އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                26 ޑިސެމްބަރ 2019

26 ޑިސެންބަރު 2019
ހޯދާ