ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ކައުންސިލްގެ އިދާރާއިން ހިންގާ ކީރިތި ޤުރުއާން ޙިފްޟުކޮށްދޭ ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ތިނަދޫ ކައުންސިލްގެ އިދާރާއިން ހިންގާ ކީރިތި ޤުރުއާން ޙިފްޟުކޮށްދޭ ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލުން

 

       ތިނަދޫ ކައުންސިލްގެ އިދާރާއިން ހިންގާ ކީރިތި ޤުރުއާން ޙިފްޟުކޮށްދޭ ކުލާހުގައި ޖާގަ އޮތުމާއެކު އެ ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކުލާހަކީ ތިނަދޫގައި ޙާފިޟުން އުފެއްދުމުގެ މަތިވެރި މަޤްސަދުގައި ތިނަދޫ ކައުންސިލުން ޚަރަދުކޮށްގެން ދަރިވަރުންގެ އަތުން ފީއެއް ނެގުމަކާއި ނުލައި ހިންގޭ ކުލާހެކެވެ. ޙިފްޟު ކުލާސް ހިންގަމުންދަނީ މަސްޖިދުލް ތަޤުވާ (އޭސީ މިސްކިތް) ގައި ކޮންމެ ދުވަހަކު ފަތިހު 05:30 އިން ހެނދުނު 06:30 އަށް، 01 ގަޑިއިރަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ކިލާސް ނަގައިދޭ އުޞޫލުންނެވެ.

      ކުލާހަށް ކުދިން ހޮވާނީ ދަރިވަރުންގެ ކިޔެވުން ވަޒަން ކުރުމަށްފަހުގައިކަމަށްވާތީ ކީރިތި ޤުރުއާން ޙިފްޟުކޮށް ދަސްކުރުމަށް ޝައުޤުވެރިކަން ހުރި ދަރިވަރުންގެ ބެލެނިވެރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ  08 ޖެނުއަރީ 2020 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.   

26 ޑިސެންބަރު 2019
ހޯދާ