މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސެލަރ)

މި އިޢުލާންވަނީ 26 ޑިސެންބަރު 2019 14:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

ކައުންސެލަރ

މަޤާމު:

J-274623

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް (01 އަހަރު)

މަޤާމުގެ ގިންތި:

އެމް.އެސް 1

މަޤާމުގެ ރޭންކު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މަރަދޫ ސްކޫލް ، ސ.މަރަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/5610

މުސާރަ:

-/2000

ސަރވިސް އެލަވަންސް:

-/700

ކައުންސެލިންގ

 

- ކައުންސެލިންގ

- ސައިކޮލޮޖީ

އެހެނިހެން އެލަވަންސް:

ދާއިރާ:

މަޤާމުގެ ދާއިރާއާއިގުޅޭ ތަޢުލީމީ ރޮނގުތައް

-ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން

-ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

-ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

-ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

-ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

-ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ހަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

-މިނިސްޓްރި އޮފް އެޑިޔުކޭޝަނުގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަރްކޮށް ސްކޫލުގެ" ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއާއި އެންޓި ބުލީންގ ޕޮލިސީ" އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ތަންފީޒުކުރުން.

-ސްކޫލުގެ ތައުލީމު ހާސިލްކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ހާލާތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ، ސުކޫލުވެރިންގެ ލަފަޔާއި މަޗްވަރާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން.

-ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަނގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުމާއި، އެ ދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑް ބެލެއްހެއްޓުން.

-ޓިޗަރުންނަސް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މައުލުމާތާއި، ޓީޗަރުންނަށް ނަފްސާނީ ދުލަހެޔޮކަން ކަސަވަރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގުރާމްތައް މިނިނސްޓްރި އޮފް އެޑިޔުކޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވައި ހިނގުން.

-ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ކުރިމަތިވަމުންދާ ގޯނާ/ އަނިޔާ/ އިހުމާލު ފާހަނގަ ވެއްޖެނަމަ، ރިޕޯޓް ކޮށްފިނަމަ ނުވަތަ ޝަކުވާކުރެވޭނަމަ " ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެގޮތުގެ ސިޔާސަތު ބަޔާން ކުރާ އުސޫލު" ގައިވާ ގޮތުގެ މަތިން އަމަލުކުރުން.

-ސުކޫލުތަކުގެ ކައުންސިލަރުންނާއެކު މިނިސްޓޮރީ އޮފް އެޑިޔުކޭޝަނުން ބާއްވާ ފޯނުކޮންފަރެންސްތަކުގަޔާއި، ކޭސް މެނެޖްމެންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް އަދި ސުޕަވިޒަން ސެޝަންތަކާއި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން ބައިވެރިވެ، ސުކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތައް ސިއްރުކުރުން.

-ކައުންސެލިންގ ޙިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީހަދައި ބަލެހެއްޓުމާއި ކޭސް ފައިލްސް ހެދުމާއި، ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަށްކުރުމަށްފަހު ސެޝަން ނޯޓްސް ލިޔޭ ފައިލްކޮށް ބެލެހެއްޓުން.

-ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއް މައްސަލައެއްގައި ކައުންސެލަރ ދިވެހި ފުލުހުންގެ އިދާރާއަށް ނުވަތަ ޝަރުއީ ކޯޓަކަށް ޖަވާބްދާރީވާން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަންނީލަފަޔާއި އެއްގޮތަށް އަމަލުކުރުން.

-ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުމަށް ސްކޫލުގެ ވަރިންނާއި މަޝްވަޜާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނައި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި ސްކޫލުގެ މާހައިލަކި ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.

-ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުގެ ލިޔޭޒަން އޮފިސަރ ނުވަތަ ޑެޕިޔުޓީ ލިޔޭޒަން އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ސްކޫލުގައި ހިންގާ ހާއްސަ ޕްރޮގްރާމްތަކުގައި (މިސާލަކަށް : ދަސްވާރު ނަވަތަ ބީޓެކް ޕްރޮގޮރާމް) ބައިވެރިވެ ދަރިވަރުންނަށް ކައުންސެލަރގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.

-ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުނުގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުގައި ހިންގާ ހަރަކާތްތަކުގެ ތާވާލު ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަލް ސުޕަވިޜަން އެންޑު ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޜަން ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކުލުގެ ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ އަހަރީ ރިޕޯޓުގެ ކޮޕީއެއް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ފޮނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • •ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖެނުއަރީ 2020 ގެ 12:00 ގެ ކުރިން، މަރަދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

ޝޯޓްލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ޖެނުއަރީ 2020 އާއި 09 ޖެނުއަރީ 2020 އާ ދެމެދު، މަރަދޫ ސްކޫލް ގައެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890941 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

26 ޑިސެންބަރު 2019
ހޯދާ