މަޤާމު:
|
އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ
|
މަޤާމުގެ ނަންބަރު:
|
J-295427
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ
|
ޑިޕާޓްމަންޓް:
|
ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސަރވިސް ޑިޕާޓްމަންޓް
|
މުސާރަ:
|
-/5020 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/1500 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ.
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަން ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިން ބަލަހައްޓާ ގޮތް މޮނިޓަރކޮށް ސުޕަވައިޒަކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަހައްޓާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ކޭސްވާރކް ކުރުމާއި، ކުދިންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް އަދި ކައުންސެލިންގ ފޯރުކޮށްދިނުން. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ލަފާދިނުން.
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ އަމާންހިޔާގައި ބައިތިއްބާނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކުގެ ޙާލަތު ގަވާއިދުން ބަލައި މޮނިޓަރކުރުމާއި، އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ކޭސްވާރކަރުންނާއި ސްޕަވައިޒަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ފަންނީ މުވައްޒަފުން މަދު މަރުކަޒުތަކާއި ކޭސް ލޯޑް ނިސްބަތުން ގިނަވަމުންދާ މަރުކަޒުތަކުގައި މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން މަސައްކަތްކުރުން.
- އަނިޔާ ލިބިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެއުމުގެ މަސައްކަތްތައް ހިޔާތަކާއި ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރުން.
- އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ ޢާންމު ޙާލަތައް ރުޖޫޢަވުމަށްޓަކައި ކަމާބެހޭ ދާއިރާ ތަކާއި ގުޅިގެން މަގުފަހި ކޮށްދިނުން.
- އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުދިންނާއި އެނޫންވެސް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، މުޖުތަމަޢުއަށް އަނބުރާ ނެރެވޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހިޔާތަކުން ނެރެވޭނެ އިންތިޒާމް، ހިޔާތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ކުރުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ކުރުން.
- އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިމިނިސްޓްރީން ތައްޔަރުކުރާ މަޢުލޫމާތު ތައްޔާރުކުރުމުގައި އެޑްވޮކަސީ، އައުޓްރީޗް އެންޑް މީޑިއާޑިވިޜަންއަށް އެހީތެރިވުން.
- ކުޑަކުދިންގެ ބެލެނިވެރިކަން ދައުލަތަށް ނެގޭ ކުދިން "ފޮސްޓަރިންގ މެކޭނިޒަމް" އެއްގެ ދަށުން ޢާއިލާތަކާއި ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- "ފޮސްޓަރިންގ މެކޭނިޒަމް" ގެ ދަށުން ޙަވާލުކުރެވޭ ކުދިންގެ ޙާލަތު ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކުދިންގެ ޙާލަތަށް ނޭދެވޭ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭނަމަ، އެކަން ޙައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފޮސްޓަރ ކުރެވޭ ކުދިން އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ޙާލަތެއްގައި ނެގުމުގެ އިންތިޒާމް ހަމަޖެއްސުން.
- ފޮސްޓަރ ކުރަން އެދޭ ފަރާތްތަކަށް ފޮސްޓަރކުރުމުގެ މަޢުލޫމާތު އެރުވުން. އަދި ފޮސްޓަރކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން.
- ފޮސްޓަރ ކުރަން އެދޭ ފަރާތްތަކުގެ އެސެސްމަންޓްތައް ގަވާއިދުން ހަދައި، ފޮސްޓަރ ޕެނަލްއަށް ހުށަހަޅައިގެން ޕެނަލްއިން ނިންމާގޮތެއްގެ މަތިން ފޮސްޓަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ފޮސްޓަރ ޕެނަލްއަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ފޮސްޓަރ ޕެނަލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުން.
- ފޮސްޓަރ ޕެނަލް ހިންގުމަށް ބޭނުންވާ އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމަށް އެހީތެރިވެދީ ތަންފީޒުކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ފޮސްޓަރ ކުރެވޭނެ ކުދިން މަރުކަޒުތަކާ ގުޅިގެން ބަލައި، އެ ކުދިން ފޮސްޓަރކުރުމަށް ކުރެވޭނެ މަސައްކަތްތައް ހޯދައި ބަލައި، އެ ފުރުސަތު ހޯދައި ދިނުން.
- ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތާއި އުޞޫލުތަކާ އެއްގޮތަށް، ފޮސްޓަރ ކުރުމަށް ޙަވާލުކުރަން ނިންމާ ފަރާތްތަކާ ކުދިން ޙަވާލުކުރުމުގެ ކުރިން ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ކޯޓުތަކުން ނިންމަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ނިންމުން.
- ފޯސްޓަރކުރެވޭ ކުދިން މޮނިޓަރކުރުމަށް ޕްލޭން ހަދައި، ޕްލޭންއާ އެއްގޮތަށް ގަވާއިދުން މޮނިޓަރކޮށް، ކުދިންގެ ޙާލަތު ފޮސްޓަރ ޕެނަލްއަށް ރިޕޯޓްކުރުމާއި އެ ރެކޯޑްތައް ތަރުތީބުކޮށް ބެލެހެއްޓުން.
- ސެކްޝަނުން ކުރާ މަސައްކަތާއި ގުޅޭގޮތުން އެއްކުރަންޖެހޭ ތަފާސް ހިސާބު އެއްކުރުމާއި ބެލެހެއްޓުން އަދި ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރަމުން ގެންދިއުމާއި ސެކްޝަންގެ ލިޔުންކިޔުންތަކާއި ރިކޯޑްތައް ފައިލްކުރުމާއި ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
ސައިކޮލޮޖީ،ސޯޝިއޮލޮޖީ،ސޯޝަލް ވޯކް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓް.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 08 ވާ ބުދަ ދުވަހު ގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 12 އާއި 2020 ފެބުރުވަރީ 6 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.
އިންޓަރވިއު ބާއްވާތާ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|
|
25 ޑިސެންބަރު 2019މ
28 ރަބީޢުލްއާކިރު 1441ހ
|
|
|
|
|