މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-320374

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/5020 ރުފިޔާ (މަހަކު)

ސާވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ (މަހަކު)

އެހެނިހެން އިނާޔަތްތައް:

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކައުންސިލް އިދާރާ ހުޅަވަން ހަވާލުކުރެވޭ ދުވަސްތަކުގެ ރަސްމީ ގަޑިއާއި އެ ދުވަސްތަކުގެ ބަންދު ގަޑިތަކުގައި ހުޅުވަންޖެހިއްޖެ ހިނދެއްގައި ވެރިއެއްގެ ހުއްދައާއިއެކު އިދާރާ ހުޅުވާ ބަންދުކުރުން.
 2. އިދާރާއަށް އަންނަ ފޯނުކޯލްތަކަށް ޢަދަބުވެރިކަމާއެކު ޖަވާބުދިނުމާއި،ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން. 
 3. އިދާރާއަށް އަންނަ އެންމެހާ ލިޔެކިޔުންތަށް އެންޓްރީކޮށް، ދުވަހުން ދުވަހަށް ވެރިންނާ ހަމައަށް ގެންގޮސްދިނުމާއި، ލިޔުންތަށް ހަވާލުކުރަންޖެހޭ މުވައްޒަފުންނާއި ހަވާލުކުރުމާއި، ޖަވާބުދޭން ހަވާލުކުރެވޭ ސިޓީ މެސެޖް ފަދަ ތަކެއްޗަށް ވެރިން އަންގާ ގޮތެއްގެ މަތިން ޖަވާބުދިނުން.
 4. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހަދައި ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 5. ރަށުގައި ހިނގާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު ލިޔެ ބެލެހެއްޓުން.
 6. ކައުންސިލް އިދާރާގެ ދުވަހު ޔަވްމިއްޔާ ލިޔެ ގަވާއިދުން ބެލެހެއްޓުން.
 7. އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑްތައް ބެލެހެއްޓުމާއި ރަށުގެ ރައްވެހިންގެ ރަޖިސްޓަރީ ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ރަށުގެ އާބާދީއާގުޅޭ ރެކޯޑްތައް ބެލެހެއްޓުން.
 8. އުފަންދުވަހުގެ ރަޖިސްޓަރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އިދާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހަދައި ފޯރުކޮށްދިނުން.
 9. އައިޑީކާޑު ހެދުމަށް ހުށަހަޅާ ފަރާތްތަކަށް ކާޑު ހަދައިދިނުމާ ގުޅޭ މަސައްކަތްތައް ކުރުން.
 10. ހުކުރު، ޢީދު، ކޭތަނަމާދާ، ކަށުކަމާކެމީގެ ކަންތައްތަކާ ގުޅިގެން އިދާރާއިން ކުރަންޖެހޭ ކަންކަން ސްޕަވައިޒަރ އަންގާ ގޮތެއްގެމަތިން ކުރުމާއި، ޚުތުބާއާއި އަދިސަރުކާރުން އެކިކަންކަމާ ގުޅިގެން ކިޔަން ހަމަޖައްސާ ދުއާތައް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
 11. އިދާރާގެ ސްޓޮކަށް ބޭނުންވާ ތަކެއްޗާއި ވަކި ޕްރޮޖެކްޓަކާ ނުގުޅޭގޮތުން ހޯދޭ ތަކެއްޗާއި ޚިދުމަތުގެ ޕްރޮކިއުމަންޓް މަސައްކަތް ކުރުން
 12. އިދާރާގެ އިންވެންޓްރީއާއި ސްޓޮކް ބާކީ  ބެލެހެއްޓުން
 13. އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި އެފަދަ ފަރާތްތަކުގެ މައުލޫމާތު ބޭނުންވާ ސަރުކާރުގެ އިދާރާތަކަށް ފޮނުވުން
 14. ފަގީރު މިސްކީނުންގެ ލިސްޓް އެކުލަވާލުމާއި ފިތުރުޒަކާތް ނަގައި ބެހުމާއި، ރިޕޯޓް ތައްޔާރުކޮށް ފޮނުވުން
 15. އާއްމު ވާރޭފެންތާނގީތަކުގެ ޙާލަތު ބަލައި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 16. ފައިލް ކުރަންޖެހޭ ތަކެތި ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކުރުން.
 17. އިދާރާއިން ހަދާ ގަވާއިދުތަކާއި އުޞޫލުތަކާއި އިންޓަނަލް ޕްރޮސީޖާތައް ފަސޭހައިން ފެންނާނެހެން ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން
 18. އިދާރާއިން ހިންގޭ ޚާއްސަ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އިދާރާގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

 1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 1. އެޑްމިނސްޓްރޭޝަން ނުވަތަ މެނޭޖުމަންޓާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ).
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާކައުންސިލުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު(ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތައުލީމާއި ތަމްރީން (40%)
 • ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން(5%)
 • މަސައްކަތުގެ ތަޖުރިބާ (މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ) (10%)
 • ލިބިފައިވާ ހުނަރު (އިންޓަރވިއު) (45%)

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

45% (ސާޅީސްފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖެނުއަރީ 06 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖެނުއަރީ 15 އާ 2020 ޖެނުއަރީ 20 އާ ދެމެދުއެވެ. އިންޓަރވިއު އޮންނަނީ މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް "(A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސްބޯރޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560031 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 ޑިސެންބަރު 2019
ހޯދާ