ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އައި.ޑީ ކާޑު ފޯމް ބަލައިގަނެ، ފޯރުކޮށްދޭނެ ދެ ފަރާތެއް ހޯދުން

   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދަން ހުށަހަޅާ ފޯމް ބަލައިގަނެ، މިޑިޕާޓްމަންޓަށް ފޯރުކޮށްދޭނެ ދެފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)133-AS/133/2019/23 (20 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހުޅުމަށް ވަޑައިގަތީ 2 ފަރާތުން ކަމަށްވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެއެވެ.

ވީމާ މިކަމަށް ކުރިމަތި ލެއްވުމުގެ ފުރުސަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިއިޢުލާނާ ގުޅިގެން ބާއްވާ މައުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 6 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 މިޑިޕާޓްމަންޓްގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 14 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިޑިޕާޓްމަންޓްގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 8 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

25 ޑިސެންބަރު 2019
ހޯދާ