ދިވެހިރާއްޖެ
މަރަދޫ ޞިއްޙީ މަރުކަޒުގެ އިންފާރާއި ލޯންޑްރީ ހެދުމަށް 17 އޮކްޓޯބަރ 2019 ވަނަ ދުވަހު ކުރި ނަންބަރު HRH/IUL/2019/24 ޢިއުލާން ބާތިލްކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ލިބެން ހުންނާނީ 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އިން ފެށިގެން 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް މަރަދޫ ޞިއްޙީ މަރުކަޒުންނެވެ.
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00އިން ފެށިގެން 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހު 14:00 އާއި ދެމެދު މަރަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 21 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަރަދޫ ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.
އެހެންކަމުން މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.