ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ސްޓެންޑަރޑްސް އެންޑް ލޭބަލިންގް ޕްރޮގްރާމް އާއި ހަކަތަ ސަމަކާރަ ކުރުމާއި ބެހޭ މައުލޫމާތު ފޯރުކޮއްދޭ ދެ ވެބްސައިޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ.
މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް 11 ޑިސެމްބަރު 2019 ކުރެވުނު ނަންބަރު IUL)438-CCD/438/2019/376) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ޓާރމްސް އޮފް ރިފަރެންސްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
ޕްރީބިޑް ބައްދަލުވުން
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 29 ޑިސެމްބަރ 2019 ވާ ދުވަހުގެ ހެނދުނު 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅުއްވާނީ 08 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތަށް ހުޅުވާނީ 08 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ 11:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 08th January 2020 at 11:00 – Development of Websites” and the submitting party’s name and address
Procurement Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Email: [email protected]
Website: www.environment.gov.mv
Project name: Strengthening Low Carbon Energy Island Strategies (LCEI)
Announcement number: (IUL)438-CCD/438/2019/395
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.