ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: 41/IUL)25-A5/25/2019)
އިއުލާން
މަޤާމް: ޑިރެކްޓަރ ޖެނެރަލް |
ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް |
ރޭންކް: އީ.އެކްސް 5 |
||||
މުސާރަ: 13,890.00 ރ. |
ސަރވިސް އެލަވަންސް: 2,000.00 ރ. |
|||||
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު: J-318002 |
|||||
- އެހެނިހެން އެލަވަންސް: މުސާރައިގެ %35 - މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ، ކޯ- ޑިސިޕްލިންތަކަކީ ޑިޕްލޮމެސީ، ފޮރިން ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސްއެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||||||
ބޭނުންވާ އަދަދު: 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލެ |
ޑިވިޜަން/ ސެކްޝަން: މަލްޓިލެޓްރަލް ޑިޕާރޓްމަންޓް |
||||
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
1- އ.ދ އާންމު މަޖިލިހުގައި ރާއްޖެއިން ބައިވެރިވުމާއި އަދި އެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރުކުރުމާއިގުޅޭ މަސައްކަތްތައް ސުޕަވައިޒްކުރުން 2- އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް މޮނިޓަރކޮށް ޕޮޒިޝަން ޕޭޕަރ އާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއިގުޅޭ މަސައްކަތްތައް ސުޕަވައިޒްކުރުން 3- އ.ދ ގެ ސްޕެޝަލައިޒްޑް އެޖެންސީ އާއި، ސަބްސިޑިއަރީ އޯގަންސް އާއި ގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން 4- ރާއްޖޭގެ ތާޢީދަށް އެދި ފޮނުވާ، ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގައި ރާއްޖެއިން ތާއީދުކުރާ ޤައުމުތައް އިސްވެރިންގެ އިރުޝާދުގެ ދަށުން ނިންމުން އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން 5- ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން ގެންގުޅޭނެ ސިޔާސަތު ބައްޓަންކުރުމުގައި އިސްވެރިންނަށް ލަފާއެރުވުން އަދި ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ މަސައްކަތާއި އަދި ބައިނަލްއަޤްވާމީ މަސްރަހުގައި އެ މައްސަލަތައް މޮނިޓަރ ކުރުން. 6- ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާއި އަދި ބައިވެރިވާން ގަސްދުކުރާ މުޢާހަދާތަކާއިގުޅޭ މަސައްކަތްތައް މޮނިޓަރކުރުން 7- އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް، އދ ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހާއި އދ. ގެ އެހެނިހެނިހެން ޖަލްސާތަކުގައާއި، ބައިނަލްއަގްވާމީ އެކިއެކި ޖަލްސާތަކުގައި ހާމަކޮށް، ރާއްޖޭގެ އަޑުއުފުލައި ވަކާލާތު ކުރުމުގެ ހުރިހާކަމެއް ވިލަރެސްކޮށް ހިންގުން. 8- އދ.ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ މަސައްކަތް ވިލަރެސްކުރުން. އެގޮތުން އެ ބައްދަލުވުންތަކުގައި ނަގާނެ މައްސަލަތަކާ ގުޅޭ ޕޮޒިޝަން ތައްޔާރުކުރުމާއި، އިންތިޚާބުތަކުގައި ވޯޓުލާނެ ގޮތް ނިންމުން ހިމެނޭ. 9- ޑިޕާޓްމަންޓުގެ މަސައްކަތާގުޅިގެން ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން. |
|||||
މަޤާމުގެ ޝަރުޠުތައް
|
- މަޤާމުގެ މަސައްކަތާ ގުޅޭ )ޑިޕްލޮމެސީ، ފޮރިން ޕޮލިސީ، އިންްޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް) ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން )ޑިޕްލޮމެސީ، ފޮރިން ޕޮލިސީ، އިންްޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް |
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ''އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮޔްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ތަޢުލީމާއި ތަމްރީން %25 - މަސައްކަތުގެ ތަޖުރިބާ %25 - ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) %50 - ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55 |
|||||
މަޤަމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖެނުއަރީ 2020 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
|||||
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||||
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 12 ޖެނުއަރީ 2020 އާއި 16 ޖެނުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. |
|||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
||||||
24 ޑިސެމްބަރ 2019
27-ރަބީޢުލްއާޚިރު-1441