ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލަށް އެސިސްޓެންޓް ހައުސްކީޕަރގެ މަޤާމަށް މީހަކު ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ. 

 

 

އެސިސްޓެންޓް ހައުސްކީޕަރ 

މަޤާމް:

J-268131

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް އެސް 3

މަޤާމުގެ ރޭންކް:

ސަޕޯރޓް ސްޓާފް ގްރޭޑް 3  

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަންރިސޯސް ޔުނިޓް

ސެކްޝަން  / ޔުނިޓް

ޅ. އަތޮޅު ހޮސްޕިޓަލް

މަޤާމް އޮތް އޮފީސް:

ޅ. އަތޮޅު ހޮސްޕިޓަލް       

ވަޒީފާ އަދާކުރަންޖެހޭ ތަން:

3875.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް 1200.00 ރ

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިހެން އެލަވަންސް:

  • ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފްކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރުވާ، މަސައްކަތް ސްޕަރވައިޒްކޮށް މަސައްކަތް ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިންގަވަން ހުންނެވި ވެރިޔެއްގެ މަޝްވަރާގެ މަތިން ކުރުން
  • ހޮސްޕިޓަލާއި ހޮސްޕިޓަލާއި އިންވެގެން ހުރި ޢިމާރާތްތައް ދުވަހުން ދުވަހަށް ކުނިހަކާ ފޮޅާ ސާފްކުރުމުގެ މަސައްކަތް ކުރުވުން.
  • ހޮސްޕިޓަލްގެ ގޯތިތެރެ އަބަދުވެސް ސާފްކޮށް ބޭއްވުމަށް މަސައްކަތްކުރުން.
  • ހޮސްޕިޓަލްގެ ޢިމާރާތުގައި ޤާއިމްވެފައިވާ އޮފީސްތަކާއި ޢާއްމުންނާއި މުވައްޒަފުން ޚިދުމަތް ހޯދާ ތަންތަނުގައި ބެހެއްޓިފައިވާ ވަސީލަތްތައް، އެވަސީލަތެއް ބެހެއްޓިފައިވާ ތަނެއްގެ ރަސްމީ ޚިދުމަތް ފެށުމުގެ ކުރިން ބެލުމަށްފަހު ރަގަޅު ކުރަންޖެހޭ ކަންކަން ސަޕޯރޓް ސާރވިސްގެ ކަމާއިބެހޭ މުވައްޒަފުންނަށް ރިޕޯރޓްކުރުން.
  • ހޮސްޕިޓަލްގެ ޢިމާރާތުގައި ޤާއިމްވެފައިވާ އޮފީސްތަކާއި ޢާއްމުންނާއި މުވައްޒަފުން ޚިދުމަތް ހޯދަ ތަންތަނުގައި ބެހެއްޓިފައިވާ ވަސީލަތްތައް، އެވަސީލަތެއް ބެހެއްޓިފައިވާ ތަނެއްގެ ރަސްމީ ޚިދުމަތް ފެށުމުގެ ކުރިން ބެލުމަށްފަހު ރަގަޅު ނުކުރެވޭ ނުވަތަ ޚިދުމަތް ނެދެވޭނަމަ އެކަން ހޮސްޕިޓަލް ހިންގަން ހުންނަވާ ފަރާތަށް އެންގުން.
  • ހޮސްޕިޓަލްގެ ޚިދުމަތްދޭ ޑިޕާރޓްމެންޓް ތަކުގައި ހެދިފައިވާ ސާފްތާހިރުކަމުގެ މިންގަޑުތަކާއި އުޞޫލުތަކަށް އަހުލުވެރިވެ އިޙްތިރާމްކުރުން.
  • ރިފާރބިޝް ކުރަންޖެހޭ ތަންތަން ފާހަގަކޮށް ދެނެގަނެ ސަޕޯރޓް ސާރވިސްގެ ކަމާއި ބެހޭ މުވައްޒިފުގެ ސަމާލުކަމަށް ގެނައުން
  • ރަސްމީ ބަނދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑި ފެށުމުގެ ކުރިން މުޅި ޢިމާރާތް ބެލުމަށްފަހު މުހިއްމުކަމެއް ދެވިގެން ސާފްކުރަންޖެހޭ ތަންތަން ފާހަގަކުރުމަށްފަހު މަސައްކަތް ޙަވާލުކުރުން.
  • ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށް ހޮސްޕިޓަލްގައި ކުރެވޭ މަސައްކަތްތައް ، އެމަސައްކަތެއް ކުރެވޭ ވަގުތުގައި ސްޕަރވައިޒްކުރުން.
  • ހޮސްޕިޓަލްގައި އެފެދޭ  ބަޔޯހަޒާރޑް އެތަކެތި ނައްތާލަން ހަމަޖެހިފައިވާ އުޞޫލުން ނައްތާލުމުގައި ޢަމަލީގޮތުން ޕަބްލިކް ހެލްތް ޔުނިޓަށް އެހީތެރިކަން ދިނުން.
  • ހޮސްޕިޓަލްގައި އުފެދޭ  ޢާއްމުކުނި، އެތަކެތި ނައްތާލަން ހަމަޖެހިފައިވާ އުޞޫލުން ނައްތާލަމުންގެންދޭތޯ ބެލުން.
  • ހޮސްޕިޓަލްގެ ގުދަންތަކާއި ، އޮފީސްތަކާއި، ފާޚާނާ ، ކޮޓަރިތަކާއި އަދި ހޮސްޕިޓަލަށް ވަދެނުކުމެވާ ދޮރުތަކުގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ހޮސްޕިޓަލްގެ ޢާންމު ސަރަޙައްދުގައި މުވައްޒިފުންނާއި ޢާންމުންގެ ބޭނުމަށް ބެހެއްޓިފައިވާ ވަޞީލަތްތަކާއި ޚިދުމަތް ދިނުމުގައި ގެންގުޅޭ ވަޞީލަތްތައް ދެނެގަނެ ޚިދުމަތާއި ބޭނުންތަކަށް ދަތިނުވާނެފަދައިން ބަޖެޓް އެނޑް ފައިނޭންސް ނުވަތަ ސްޓޮކް މެދުވެރިކޮށް ކަނޑައެޅިފައިވާ އުޞޫލުން ތަކެއްޗަށް އެދި އެތަކެތި ހޯދުންކަން ޔަޤީންކުރުން.
  • ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމްތައް ސިވިލް ސަރވިސް ކޮމިޝަނުން އެކަށައަޅުއްވާފައިވާ ޤަވާޢިދާއި އެއްގޮތަށް ފުރިހަމަކުރުން.
  • ހޮސްޕިޓަލްގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތުގެމަތިން ސެކްޝަންގެ މުވައްޒަފުންގެ ޑިޔުޓީރޯޓާތައް ހެދުމާއި މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒްކޮށް ، އަޅަންޖެހޭ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތަތްކުގެ ލަފާގެ މަތިން އެޅުން.
  • ފޮޅާ ސާފްކުރުމަށް ބޭނުންކުރާތަކެތި މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން ހޯދާ ބެލެހެއްޓުން.
  • ހޮސްޕިޓަލް ގެ ގޯތިތެރޭގައި ހުންނަ ހުސްތަންތަނުގައި ޒީނަތްތެރިކުރުމަށް ގަސްއިންދާ ބެލެހެއްޓުމާއި އަދި ހޮސްޕިޓަލްގެ ޢިމާރާތުގެ އެތެރޭގެ ޒީނަތްތެރިކަން އިތުރުކުރުމަށް އެކިއެކި ތަންތަނުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  • އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ  ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
  • މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ޙާޞިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  

ނުވަތަ

-          ގްރޭޑް 7 ނިންމާފައިވުން.

މަޤާމުގެ ޝަރުތުތައް:

-          ފޮޅާ ސާފްކުރުން

-          ހައުސް ކީޕިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް:

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢްލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ތަޢުލީމާ ތަމްރީން:                              %26

-          މަސައްކަތުގެ ތަޖްރިބާ:                            %26

-          ލިބިފައިވާ ހުނަރު ( އިންޓަރވިއު  / ޕްރެކްޓިކަލްސް ):       %48

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) އަދި ފެކްސް ( 6620247 ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ 12 ޑިސެމްބަރ 2019 އިން 20 ޑިސެމްބަރ 2019 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620149  ނަމްބަރ ފޯނާއެވެ. ފެކްސްކުރާނެ ނަމްބަރަކީ 6620247، އީ މެއިލް ކުރާނީ  [email protected]  އަށެވެ.

އިތުރު މަޢްލޫމާތު ހޯދުން:

 

26 ނޮވެމްބަރ 2019

 

26 ނޮވެންބަރު 2019
ހޯދާ