ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2019ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ދެންނެވުން

ޤައުމީ ސްކައުޓް އެސެންބްލީގެ 2019ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ދެންނެވުން

 

ޤައުމީ ސްކައުޓް އެސެންބްލީގެ 2019 ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

 

 1.      ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2020 ޖެނުއަރީ 24 (ހުކުރު) ދުވަހު 16:00

 2.      ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ ހޯލް، މާލެ. (ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އަންނަނަމަ އެކަން މިއެސޯސިއޭޝަނުން އަންގާނެއެވެ)

 3.      ޖަލްސާގެ އެޖެންޑާ

(1)   ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

(2)   2017ވަނަ އަހަރު ބޭއްވުނު ޤައުމީ ސްކައުޓް އެސެންބްލީގެ ޔައުމިއްޔާ ފާސް ކުރުން

(3)   2017ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސް ކުރުން

(4)   2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުން

(5)   2017 އަދި 2018 ވަނަ އަހަރު މާލީ ހިސާބުތައް ފާސްކުރުން

(6)   2020 އަހަރުގެ ސްކައުޓް ކަލަންޑަރު ފާސްކުރުން

(7)   2020ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކުރުން

(8)   ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަނު ކުރެވުނު މެންބަރުންނަށް ރުހުން ހޯދުން

(9)   މަންދޫބުން ޚިޔާލު ފާޅު ކުރުން

 4.      ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.

 5.      ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2020 ޖެނުއަރީ 10ވަނަ ދުވަހުގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

********************

27 ރަބީޢުލްއާޚިރް 1441

24 ޑިސެމްބަރ 2019

24 ޑިސެންބަރު 2019
ހޯދާ