އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

`

އިޢުލާން

2020ވަނަ އަހަރުގެ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

        މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ ނަންބަރ GS187/IUL/2019/27 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.

   1 ޖަނަވަރީ 2020 އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގައި ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މި މަސައްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު 26 ޑިސެމްބަރ 2019 އިން 5 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 އަށް އިސްދޫ ކަލައިދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.  މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ 07 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 09 ވަނަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އިސްދޫ ކަލައިދޫ ސްކޫލް

ފޯން: 6800743

އީ-މެއިލް: [email protected]

 

27 ރަބީޢުލްއާޚިރު 1441

24 ޑިސެންބަރު 2019
ހޯދާ