ދިވެހިރާއްޖެ
ބަނދަރު ފަޅުތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ފަޅުތެރެއިން ނެގުމަށް މިކައުންސިލްގެ ނަންބަރު (IUL)468-CMCR/468/2019/185 އަދި (IUL)468-CMCR/468/2019/205 އިޢުލާނުން އެންގިފައި ވީނަމަވެސް އަދިވެސް ބޭނުންނުކުރާ އުޅނަދުފަހަރު ނުނަގާ ހުރިކަން ފާހަގަ ވާތީ މިމުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަނދަރު ބެލެހެއްޓުމުގެ ގަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ތޮށިގަނޑުކައިރީގައި ބޭއްވޭނީ ކައުންސިލުގެ ހުއްދައާއިއެކު، ގިނަވެގެން 5 (ފަސް) ދުވަސް ވަންދެންނެވެ. އަދި ކައުންސިލުން ހުއްދަ ދެވޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ.
ވީމާ، މިވަގުތު ފުވައްމުލަކު ބަނދަރުގެ ފަޅުތެރޭގައި އަޅާފައިވާ ބޭނުންނުކުރާތާ ގިނަދުވަސްވީ އުޅަނދުފަހަރު 06 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ ކުރިން ފަޅުތެރެއިން ނެގުމަށް އަންގާ އާންމުކޮށް އިޢުލާންކުރަމެވެ. އަދި މިމުއްދަތު ތެރޭގައި ނުނަގާ ހުރި ބޭނުންނުކުރާތާ ގިނަދުވަސްވީ އުޅަނދު ފަހަރު ފަޅުތެރެއިން ނަގާ މިކައުންސިލަށް ފެންނަ ތަނަކަށް ބަދަލުކުރެވޭނެވާހަކަ އަދި ބަދަލުކުރުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.
