ދިވެހިރާއްޖެ
އދ. ދަނގެތީ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުން ފެށިގެން 05 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ދަނގެތީ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް އދ. ދަނގެތީ ޞިއްޙީމަރުކަޒާއި އދ.އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ދަނގެތީ ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލު ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.