ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ބެލެނިވެރިންގެ ހިޔާ ހެދުން)
ހއ. އަތޮޅު މަދަރުސާގައި ބެލެނިވެރިންގެ ހިޔަލެއް ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 25 ން 2020 ޖަނަވަރީ 05 އަށް، ހެނދުނު 8:30 ން މެންދުރު 13:00 އާ ދެމެދު މަދަރުސާގެ އޮފީހަށް ވަޑައިގެން ނަންނޯޓްކުރެއްވުންއެދެމެވެ.
- މަސައްކަތާގުޅޭ މަޢްލޫމާތު ދިނުން އޮންނާނީ، 2020 ޖަނަވަރީ 06 ވަނަ ދުވަހުގެ 11:30 ގައި މަދަރުސާގެ އޮފީހުގައެވެ.
- މަސައްކަތުގެ އަގު ހުށަހެޅުމާއި، ބިޑް ކަނޑާ ބެލުން އޮންނާނީ، 2020 ޖަނަވަރީ 14 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި މަދަރުސާގެ އޮފީހުގައެވެ.
- ސަމާލުކަން ދޭންވީ ކަންކަން:
ހ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.
ނ. މަޢްލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.
ރ. އިތުރު މަޢްލުމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6500048 ނަމްބަރ ފޯނަށެވެ. މެއިލް މެދުވެރިކޮށް ނަމަ، [email protected] އަށެވެ.
24 ޑިސެންބަރު 2019
ހޯދާ