ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ މަޤާމަށް މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު: HMH | IUL | 2019 | 089 (04 ޑިސެންބަރ 2019) އިޢުލާން ބާޠިލްކޮށް، އަލުން އެމަޤާމަށް އިޢުލާން ކުރީމެވެ.
24 ޑިސެންބަރ HMH | IUL | 2019 | 099 2019
މަޤާމު: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް
މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން
- މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ހޮސްޕިޓަލްގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން
2- ވިންޑޯސް ސަރވަރ ބެލެހެއްޓުމުގައި އެހީތެރިވެދިނުން
3- ތްރީ.ސީ.އެކްސް އައ.ޕީ ފޯން މެނޭޖްކުރުން
4- ސީ.ސީ ކެމެރާ ނެޓްވޯކް އެޅުމާއި ބެލެހެއްޓުން
5- ނެޓްވޯކް އެޅުމާއި ބެލެހެއްޓުމުގެ މަސައްކަތް
މުސާރައާއި އިނާޔަތް :
މުސާރަ: 4000.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 60.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 05 ޖަނަވަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.