މަޤާމު:
|
ސޭލްސް އެސިސްޓަންޓް
|
|
އިދާރާ:
|
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ފިހާރަ / ކ. ތުލުސްދޫ
|
|
މުސާރަ:
|
މަހަކު 3700.00 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު 1000.00 ރުފިޔާ
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ އިނާޔާތު ފައިސާ ލިބޭނެއެވެ.
|
|
މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
|
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:
|
- މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރިން ލިބިދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް ދިނުން
- މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ދުވަހު ހިސާބުތައް ބެލެހެއްޓުން
- މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ހިސާބުތަކުގެ ރިޕޯރޓުތައް ތައްޔާރުކުރުން
- މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ސްޓޮކް ބެލެހެއްޓާ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން
- މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން
|
|
އިންޓަރވިއު ކުރުން
|
- މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ކައުންސިލް އިދާރާގެ އެޗް އާރް އިން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
- މިގޮތުން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 05 ދުވަހުގެ ތެރޭގައި އަންގާނެއެވެ.
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ
|
ބެލޭނެބައިތައް
|
މާކްސް
|
އިންސައްތަ (%)
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތަޢުލީމު
|
25
|
21
|
26
|
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
މަސައްކަތުގެ ތަޖްރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
|
30
|
26
|
26
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު / ޕްރެކްޓިކަލް
|
100
|
48
|
48
|
|
ޖުމްލަ
|
185
|
100
|
100
|
މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
(އިންޓަރވިއު އަށް ހޮވިއްޖެނަމަ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)
|
ތަކެތިހުށަހަޅަންޖެހޭ އޮފީސް:
|
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ.
|
ތަކެތިހުށަހެޅުމުގެ ސުންގަޑި
|
30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް
|
މަޢުލޫމާތު ސާފުކުރެއްވުމަށް
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ. ފެކްސްއާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
|
|
|
|
|