ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޭލްސް އޮފިސަރއެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

އިޢުލާނު

 

 

މަޤާމް:

ސޭލްސް އޮފިސަރ

މަޤާމުގެ ނަންބަރު:

--------

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރައްޔިތުންގެ ތެޔޮސެންޓަރ / ފ. ނިލަންދޫ ކައުންސިލް އިދާރާ

މުސާރަ:

4,200.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތެޔޮސެންޓަރަށް ގެންނަ ތެޔޮ ޓޭނަކަށް އެޅުމުގެ ކުރިން ތެލުގެ ސާފް، ނުސާފު ބަލައި ފެންހުރިތޯ ބެލުން. އަދި ސާފު، ރަނގަޅު ތެޔޮނޫނީ ޓޭންކަށް ނޭޅުން.
  2. ތެޔޮބޯޓުން ޓޭންކަށް ތެޔޮއަޅަން ޖެއްސުމުގެ ކުރިން ބޯޓްގައި ހުންނަ މީޓަރުގެ ރީޑިންގ ރަނގަޅަށް ޗެކުކުރުން. އަދި ޓޭންކުތަކުގައި ބާކީ ހުރި ތެލުގެ ހިސާބު ބެލުން.
  3. ތެޔޮފިހާރައިން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކް ބާކީ ވަކިވަކިން ބެލެހެއްޓުން.
 
 

 

 

  1. ތެލުގެ ސްޓޮކް ދަށްވަމުންދާ މިންވަރު ބަލައި ތެޔޮ ހުސްވުމުގެކުރިން ތެޔޮ ގެނެވޭހާ ވަގުތު އޮށްވައި ތެޔޮގެ ހިންގުމާ ޙަވާލުވެހުރި ވެރިއަކަށް ދަންނަވައިގެން ތެލަށް އޯޑަރުކުރުން.

 

  1. ޑީސަލްގެ ސްޓޮކުގައި އިންޖީނުގެއަށް 15 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ބަހައްޓާފައި ނޫނީ ނުވިއްކުން. އަދި ތެޔޮމަދުވުމުން ހިންގުމާ ޙަވާލުވެހުންނަ ވެރިއެއްގެ މަޝްވަރާގެމަތިން ކޮންޓްރޯލް ކޮށްގެން ވިއްކުން.

 

  1. ޓޭންކުތަކަށް ތެޔޮއަޅާ ނިމުމުން ތެލާ ޙަވާލުވެ ސޮއިކޮށް ސްޓޮކްބާކީއަށް އިތުރުކުރުން. އަދި ޑެލެވަރީ ނޯޓް އެޑްމިން އޮފިސަރާ ޙަވާލުކުރުން.

 

  1. ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ އައި ބަދަލަކާ އެއްގޮތަށް ތެޔޮފިހާރައިން ވިއްކަމުންދާ ތެލުގެ އަގަށް ބަދަލުގެނައުން. އަދި އައިބަދަލު ކަސްޓަމަރުންނަށް ފެންނާނޭހެން ތެޔޮދޫކުރާ ހަޓްގައި ބެހެއްޓުން.

 

  1. ކުރެޑިޓަށް ދޫކުރާތެޔޮ އިދާރާއިން ދޫކުރާ ސްލިޕް ލިބިގެންނޫނީ ދޫނުކުރުން.

 

  1. ހަމަޖައްސާ ގޮތެއްގެމަތިން ތެޔޮފިހާރައިގައި ޑިއުޓީ ކުރުމާއި، ތެޔޮވިއްކުމުގެ މަސައްކަތްކުރުން.

 

  1. ތެޔޮފިހާރައިގައި ބޭނުންކުރާ ޓޭންކުތަކަށް ލިބެމުންދާ ގެންލުންތައް ބެލުމާއި، ޓޭންކުތަކުގައި ދަބަރުޖެހިޔަނުދީ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ޓޭންކުތަކުގައި ދަވާދުލައި ބެލެހެއްޓުން.
  2. ތެޔޮއެޅުމަށް ބޭނުންކުރާ ޓޭންކުތަކުގެ އެތެރެ ހަޑިވެ ތެޔޮ ނުސާފުވަމުންދާކަން ފާހަގަ ކުރެވިއްޖެނަމަ ޓޭންކު ސާފުކުރުމުގެ މަސައްކަތް ކުރުން. އަދި ތެޔޮ ނުސާފުވެގެން ޓޭންކު ސާފުކުރަންޖެހިއްޖެނަމަ ޓޭންކުގައި ހުންނަ ތެޔޮ މިނެ ސްޓޮކްބާކީ އިން އުނިކުރުން.
  3. ތެޔޮސެންޓަރުގައި ބޭނުންކުރާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ރުއްގަހުން ހޮވައިގެން ގެންނަ ކާށީގެ އެރިނެގުމާއި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެތަކެތި ވިއްކައި އެއިގެ ހިސާބުތައް ބެލެހެއްޓުން.
  5. ތެޔޮފިހާރައަށް ލިބޭ ފައިސާ ކޮންމެ ދުވަހެއް ނިމުމުން ކައުންސިލްގެ އިދާރާއާ ޙަވާލުކުރުން.
  6. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ފ. ނިލަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

 

(ހ)

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ

 

ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 

 

 

(ށ)

މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

 

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާއާއި ލިޔުންތަކުގެ ކޮޕީ.

 

 

(ހ)

ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

(ށ)

އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

— ލިބިފައިވާ ތަޢުލީމާއި ތަމްރީނު (40%)

— ލިބިފައިވާ މަސައްކަތު ތަޖުރިބާ (10%)

— ލިބިފައިވާ ހުނަރު  

 

 

  1. އިންޓަރވިއު/ ޕްރެކްޓިކަލްސް (45%)
  2. އިމްތިޙާން (5%)

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2020 ޖަނަވަރީ 06  ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 08 އާއި 09 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

            މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

26 ރަބީޢުލްއާޚިރު 1441

                                  23 ޑިސެންބަރު 2019

23 ޑިސެންބަރު 2019
ހޯދާ