ދިވެހިރާއްޖެ
g
|
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ |
|
|
އިޤްތިޞާދީ ފުއްދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން |
ނަމްބަރ:476/22/2019/1010
|
މަސައްކަތު |
މަޤާމް |
|
J304325 |
މަޤާމުގެ ނަމްބަރު: |
|
01 |
ބޭނުންވާ އަދަދު: |
|
|
މަޤާމުގެ ގިންތި: |
|
އެމް. އެސް. 1 |
މަޤާމުގެ ރޭންކް: |
|
ސަޕޯރޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
|
ޑިޕާރޓް މަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން (ކޯޕަރޭޓް އެފެއަރސް ސެކްޝަން) |
ޑިޕާޓްމަންޓް / ސެކްޝަން / ޔުނިޓް |
|
ޑިޕާރޓް މަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން/މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
|
3100/- މަހަކު |
މުސާރަ: |
|
މަހަކު -/1000 ރުފިޔާ |
ސަރވިސްއެލަވަންސް: |
|
1. ސަޕޯޓިންގ ކޯ އެލަވަންސް: -/1200 ރުފިޔާ (އެއްހާސް ދުއިސައްތަ ރުފިޔާ) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
އެހެނިހެން އެލަވަންސް |
|
· މި މަރުކަޒްގެ އެތެރޭގެ ހުރިހާތަނެއް ކޮންމެ ދުވަހަކު ކުނިކަހާ، ފޮޅާއި ސާފުކޮށް ބެލެހެއްޓުން. · ކޮންމެ ދުވަހަކު އިމާރާތުގައިހުރި ބިއްލޫރި ދޮރުފަތްތައް ސާފުކޮށް ބެލެހެއްޓުން. · ވެރިންގެ ކޮޓަރިކޮޅުތަކުގައި ހުންނަ ބިއްލޫރި ދޮރުފަތްތައް ކޮންމެ ދުވަހެއްގެ ހެދުނު ސާފްކުރުން. · މި އޮފީހުގެ ފާޚާނާތައް ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުން. · މަރުކަޒުގެ މުވައްޒަފުން ތިއްބަވާ ގޮނޑި، މޭޒުފަދަތަކެތި ފޮޅާސާފްކުރުމާއި އޮފީހުގެ އެތެރޭގައި ހުންނަ ކަބަޑުތަކުގައި ހުންނަ ފޮތް ފައިލްފަދަ ތަކެތި މަދުވެގެން މަހަކު އެއްފަހަރު ފޮހެ ސާފުކުރުން. · މުވައްޒަފުންނަށް ސައިތައްޔާރުކުރައްވާ ބިއްލޫރިތަށި، ޖޯޑް މިފަދަތަކެތި ސާފްތާހިރުކޮށް ބެލެހެއްޓުމާއި، މިފަދަތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި މީގެ އިތުރުން ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން. · ސައިކޮޓަރީގައި ކުރަންޖެހޭ މަސައްކަތްކުރުން. · މީގެ އިތުރުން އޮފީހުން އަންގާކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
|
ލިޔަން ކިޔަން އެނގުން. (ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.
|
މަޤާމުގެ ޝަރުޠުތައް:
|
|
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.( 2. މި ވަޒީފާއަށް ކުރިން ކުރެވުނު އިޢުލާނަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ހަމަ އެކަނި ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާލުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް( 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށް ގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށްއެދެންވީގޮތާއި ސުންގަޑި: |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2019 ޖެނުއަރީ19 އާއި 2019 ޖެނުއަރީ 26 އާ ދެމެދު، ޑިޕާރޓް މަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ޢާޒީ ބިލްޑިންގ ގުރައުންޑް ފްލޯރ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު: |
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެއް ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298 ފޯނަށް ގުޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު: |
22 ރަބީޢުލް އާޙިރް 1441
19 ޑިސެމްބަރ2019
