މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ޤަބުރުސްތާނުގެ ގޭޓް ހެދުމާއި، ކުލަލުމުގެ މަސައްކަތުގެ އަންދާސީ ހިސާބު ބޭނުންވެއްޖެ

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ                     

      ރ. ދުވާފަރު، ދިވެހިރާއްޖެ                                ނަމްބަރ: (IUL)304-EDS/304/2019/91

 

 

އިޢުލާނު

 

ރ. ދުވާފަރު ޤަބުރުސްތާނުގެ ގޭޓް ހެދުމާއި، ކުލަލުމުގެ މަސައްކަތުގެ އަންދާސީ ހިސާބު ބޭނުންވެއްޖެ:

                  ރ. ދުވާފަރު ޤަބުރުސްތާނުގެ ގޭޓް ހަދައި ހަރުކުރުމާއި، އެކަމާއިގުޅޭ އެހެނިހެން މަސައްކަތްތައް ކުރުމާއި، ޤަބުރުސްތާނުގައި ކުލަ ލުމާއި، އެތާނގެ ނަންބޯރޑް ހަދައި ހަރުކުރުމުގެ މަސައްކަތް ކުރަން ބޭނުންވެއެވެ.

                  ވީމާ، ރ. ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްއަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

26 ޑިސެމްބަރ 2019

ބުރާސްފަތި

10:30 މެންދުރު

ބިޑް ހުށަހެޅުން

30 ޑިސެމްބަރ 2019

ހޯމަ

10:30 މެންދުރު

   

                     އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ލިޔުމަކާއި ނުލައި ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. ނަމަވެސް މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ އަދި ބަދަލުގައި މީހަކުވެސް ފޮނުވާފައި ނުވާފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ކުންފުންޏެއްނަމަ، ކުންފުނީގެ ލެޓަރހެޑުގައި ފޮނުވާ ފަރާތުގެ ވަނަވަރު އެނގޭގޮތައް ހުށަހަޅަންވާނެއެވެ.  

                     މިކަމާއި ގުޅިގެން މީގެ ކުރިން ކޮށްފައިވާ މިއިދާރާގެ ނަމްބަރ:  (IUL)304-EDS/304/2019/84 (16 ޑިސެމްބަރ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބާ ދީފައި ނުވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.   

                  26 ރަބީޢުލްއާޚިރު 1441

                  23 ޑިސެމްބަރ  2019

             

23 ޑިސެންބަރު 2019
ހޯދާ