މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުމާއިބެހޭ:

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުމާއިބެހޭ:

                        މި އިދާރާއިން ދޫކުރަމުން ގެންދާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާން އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. 

 

  • ބޭނުންވާ އަދަދު: 02
  • ޝަރުތު:

*        ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހެއް ކަމުގައި ނުވުން.(3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.)

*        ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

*         ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ސިއްޙަތެއްގައި ހުރުން.

*        އަތޮޅު ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

*        އެގްޒަމިނަރެއް ހޮވުމުގައި އޭދަފުށީގައި ދިރިއުޅުން ޤާއިމްވެފައިވާ ފަރާތްތަކަށާއި ގިނަ ކެޓަގަރީތައް ދުއްވުމުގެ ހުއްދަލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އުޖޫރަ: ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/10 ރުފިޔާ.

                        ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން 29 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއިއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއިއެކު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، މުއްދަތު ހަމަނުވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީއެއްވެސް ހުހެޅުއްވުން އެދެމެވެ. 

22 ޑިސެންބަރު 2019
ހޯދާ