ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2019/53)
އިޢުލާން
އއ.މާޅޮހު ބަނދަރު ސަރަހައްދުގައިވާ 1 ނަންބަރު ބިން ކުއްޔައްދޫކުރުން:
އއ.މާޅޮސްގައި ބަނދަރު ސަރަހައްދުގައިވާ ބަދަނރު 01 ނަމްބަރ 1200(ބާރަސަތޭކަ) އަކަފޫޓުގެ ބިން އެތަނުގައިވާ ޢިމާރާތާ އެއްކޮށް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ.
މި ބިން ބޭނުން ކުރަންވާނީ ތިރީގައިވާ ބޭނުންތަކަށެވެ.
- ޢާންމު ވިޔަފާރި ކުރުމަށް
- ގުދަން ކުރުމަށް
- މީހުން ބޭތިއްބުމަށް
މި ބިންތަކުގެ އަގަށް ހުށައެޅޭނެ އެއްމެ ކުޑަކުއްޔަކީ އަކަފޫޓަކަށް މަހަކު 02(ދޭއް) ރުފިޔާއެވެ.
މި ބިން ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.
- އެއްމެ މަތީ އަގެއް ހުށަހަޅާ ފަރާތަކުން 40% އިންސައްތަ.
- ސީ އެސް އާރު 01 ( މަސްކަނޑާ އަށި ) 20 % އިންސައްތަ.
- ސީ އެސް އާރު 02 ( ފެނާ ކަރަންޓް ދޫކުރާ ހަޓް ) 20 % އިންސައްތަ.
- ސީ އެސް އާރު 03 ( ޕާކުގެ އެތެރެއާ މަގުފާރު ތަކުގައި ލައިޓް ޖެހުން ) 20 % އިންސައްތަ.
ބިޑް ރަޖިސްޓްރީ ކުރުން:
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލަށް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 31 ޑިސެމްބަރ 2019 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 13:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 05 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހު 10:30 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.
ބިޑް ހުޅުވުން:
މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 09 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.