ދިވެހިރާއްޖެ
އިޢުލާން
އީ.އައި.އޭ ރިޕޯޓް ހެދުމާއި ގުޅޭ:
އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ދޮންވެލި މޫދުތެރެއިން ނެގުމަށްޓަކައި ހަދަންޖެހޭ އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)399-EDS/399/2019/67 (02 ޑިސެމްބަރ 2019) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ގަމު ކައުންސިލް އިދާރާ |
26 ޑިސެމްބަރ 2019 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ގަމު ކައުންސިލް އިދާރާ |
31 ޑިސެމްބަރ 2019 |
އަންގާރަ |
13:00 |
މަޢުލޫމާތު ލިބިގަތުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.
25 D 1441 ހ.
22 ޑިސެމްބަރ 2019 މ.