މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗަކަބިން ސަރަޙައްދަށް ވެލި އެޅުމާއި އެ ސަރަޙައްދުގައިވާ މަގުތައް ހެދުމާއި ގުޅޭ

ޗަކަބިން ސަރަހައްދަށް ވެލި އެޅުމާއި އެ ސަރަހައްދުގައިވާ މަގުތައް ހެދުމާއި ގުޅޭ

ޗަކަބިން ހިމެނޭ ސަރަހައްދަށް ވެލިއަޅާ އެ ސަރަހައްދުގެ މަގުތަކުގައި ހުރި ރުއްގަސްނެގުމާއި އިންދަށްޖެހޭ ރުއްގަސްއިންދުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: IUL)335-AS/335/2019/99) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ރަށު ޗަކަބިން ހިމެނޭ ސަރަހައްދަށް ވެލި އަޅާ އެ ސަރަހައްދުގެ މަގުތަކުގައިހުރި ރުއްގަސްނެގުމާއި އިންދަންޖެހޭ ރުއްގަސް އިންދުމުގެ އެންމެހައި މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖެނުއަރީ 2020 އާދިއްތަ ދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ،  މައުލޫމާތު ސާފްކުރެއްވުމަށްފަހު 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

23 ޑިސެންބަރު 2019
ހޯދާ