ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު:GS07/IUL/2019/038

އިޢުލާން

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން


1-      މިމަދަރުސާގެ ސެކިއުރިޓީ 01 ޖެނުއަރީ 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-      މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 2019ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

3-      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

4-       މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

5-       ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

6-       މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

7-       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ނ. އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު، ނ.ވެލިދޫ، ދިވެހިރާއްޖެ.

  ފޯން:  6560019

  އީ-މެއިލް: [email protected]

             މިމަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މިމަދަރުސާގެ ނަމްބަރު  GS07/IUL/2019/034 އިއުލާނާގުޅިގެން ހުށައަޅަފައިވާ އަގަކީ މިމަސައްކަތްކުރުމަށް އެކަށީގެންނުވާ އަގެއްކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.

25 ރަބީޢުލްއާޚިރު 1441

22 ޑިސެމްބަރ 2019

22 ޑިސެންބަރު 2019
ހޯދާ