ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށި ރަމްޒުކޮށްދޭ މޮނިއުމެންޓެއްގެ ޑިޒައިން ފަރުމާ ކުރުމާއިގުޅޭ
ހޯރަފުށީގެ ނަމާއި، ތާރީޚާއި އަދި އާދަކާދައާއި ގުޅޭ ގޮތަށް ހޯރަފުށި ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާ ކުރުމަށް ބޭނުން ވެއްޖެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން |
އޯކިޑުވިލާ ކޮންފަރެންސް ހޯލް |
29.12.2019 |
އާދީއްތަ |
11:30 |
އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
އޯކިޑުވިލާ ކޮންފަރެންސް ހޯލް |
05.01.2020 |
އާދީއްތަ |
11:30 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަބީޢުލްއާޚިރު 1440
22 ޑިސެމްބަރ 2019