ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީ.އައި.އޭ ސާރވޭގެ އެމެންޑްމެންޓެއް ހެދުމާއި ގުޅޭ

އިޢުލާން

އީ.އައި.އޭ ސާރވޭގެ އެމެންޑްމެންޓެއް ހެދުމާއި ގުޅޭ

                  ހޯރަފުށީގައި އެއަރޕޯޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަރސްޓްރަކްޗަރ ގެ ފަރާތުން ހައްދަވާފައިވާ އީ.އައި.އޭ ރިޕޯޓަށް ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެމެންޑްމެންޓެއް ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން

އޯކިޑުވިލާ ކޮންފަރެންސް ހޯލް

25.12.2019

ބުދަ

11:30

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

އޯކިޑުވިލާ ކޮންފަރެންސް ހޯލް

30.12.2019

ހޯމަ

11:30

                އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                25 ރަބީޢުލްއާޚިރު 1440

                22 ޑިސެމްބަރ  2019

22 ޑިސެންބަރު 2019
ހޯދާ