މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލު ވަށާފާރާއި އިމާރާތްތަލުގައި ކުލަޔާއި ދަވާދުލުން

ސްކޫލުގެ ވަށާފާރާއި އިމާރާތްތަކުގައި ކުލަޔާއި ދަވާދުލުން (3 ވަނަ އިޢުލާން)

މި ސްކޫލުގެ ނަންބަރު: GS106/IU/2019/057 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.

  1. މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ވަށާފާރާއި ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދު ލައިދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 22 އިން 2019 ޑިސެމްބަރު 24 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 13:00 އަށް މި ސްކޫލުގެ އޮފީހަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގ އޮންނާނީ 2019 ޑިސެމްބަރު 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއުނގޫދޫ ސްކޫލް އޮފީހުގައެވެ.
  4. ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއުނގޫދޫ ސްކޫލުގެ އޮފީހުގައެވެ.
  5. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިފައިވާނެއެވެ. އަދި މި ސްކޫލަށް ދުރުވެ ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެއެވެ.
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއުނގޫދޫ ސްކޫލް | ކަރަންކާމަގު، ށ. މާއުނގޫދޫ

ފޯން: 6540554 | އީމެއިލް: [email protected]

22 ޑިސެންބަރު 2019
ހޯދާ