ދިވެހިރާއްޖެ
ޕާޓީޝަން މަރާމާތުކުރުމާއި ހޯލްބައިގައި ޓައިލްސް ޖެހުން އަދި ދޮރު ބަދަލުކުރުން
1 2020ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ކުރަންޖެހޭ މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 19 ން 2019 ޑިސެމްބަރ 23 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ފައިނު ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 26 ވަނަ ދުވަހުގެ 10:00 ގައި ފައިނު ސުކޫލުގައެވެ.
5 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފައިނު ސުކޫލް
ރ.ފައިނު، ދިވެހިރާއްޖެ.
ފޯން: 6580358
އީ-މެއިލް: [email protected]