ދިވެހިރާއްޖެ
`
އޮމަދޫ ސްކޫލް |
|
ތ.އޮމަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: GS-178/IUL/2019/26
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލް ގެ ބައެއް އިމާރާތްތަކުގައި ކުލަލުމަށް ބޭނުންވެއްޖެ
1 ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަލުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 22 ން 2019 ޑިސެމްބަރ 25 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2019 ޑިސެމްބަރ 26 ވަނަ ދުވަހުގެ 11:00 ގައި އޮމަދޫ ސްކޫލް ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ ތާރީޚް ގައި މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ނަން ނޯޓް ކުރި ފަރާތްތަކަށް އެކަނިއެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 ގައި އޮމަދޫ ސްކޫލުގައެވެ. އަދި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދަނަވަމެވެ.
5 މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އޮމަދޫ ސްކޫލް
ސޯސަން މަގު، ތ.އޮމަދު، ދިވެހިރާއްޖެ.
ފޯން: 6780572
އީ-މެއިލް: [email protected]
22 ޑިސެމްބަރ 2019