ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓަށް ބޭނުންވާ 02 “WALK-THROUGH METAL DETECTOR” ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިކުންފުނިން ޝާއިޢުކުރި ނަންބަރު: (IUL)KACL-KDO/2019/08 އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލް ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު، 2019 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނުވަތަ 6800704 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
25 ރަބީޢުލްއާޚިރާ 1441
22 ޑިސެމްބަރ 2019
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected]