ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމް :ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު :1

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01 ( އެކެއް)

މަޤާމުގެ ނަމްބަރ

J-310927

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް ސާރވިސް ޑިވިޝަން

ޔުނިޓް

ޕަބްލިކް ރިލޭޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން. އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން
  • އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން މެމޯދުކުރުން
  • ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން
  • އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސއްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުން. މަގުބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގާ ޚިދުމަތް ނުދެވި ލަސްވެގެންނުވާނެގޮތަކަށް އިންތިޒާމްކުރުން
  • ފައިލްކުރަންޖެހޭ އެންމެހައި ރިކޯޑް ތައް ތަރުތީބުން ފައިލްކޮށްބެލެހެއްޓުން
  • އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމައެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ،ނޯޓްކުރުވުމަށް މަސއްކަތްކުރުން
  • މެޑިކަލް ސަރޓިފިކެޓް /ޑިސްޗާރޖް ސަމަރި ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން
  • ރަޖިސްޓްރޭޝަނުގައި ހިގާ ކޮންމެ މަސައްކަތެއްވެސް ކުރަންޖެހިދާނެތީވެ (ކޭޝިއަރ،ތަރުޖަމާނު،ޕީ.އާރު.އޯ މަސައްކަތް) ހުރިހާ މަސައްކަތް ހިގަމުންދާގޮތުގެ މަޢުލޫމާތު ލިބި އެކަންކުރެވޭނެ މިންވަރަށް މަސައްކަތަށް އަހުލުވެރިވެފައި ހުރުން
  • ޑިއުޓީގަޑީގައި މުވައްޒަފަކު ސަލާމްބުނެފިނަމަ،ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުވެއްޖެނަމަ އެމަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރުން
  • ރަޖިސްޓްރޭޝަނުގައި ހުންނަ ކީބޯރޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓާފައި ހުންނަ) ގެ ތަޅުދަޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވަ ގަވާއިދާ އެއްގޮތަސް އެކަންކުރުން
  • ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި އިޙުތިރަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން
  • ހޮސްޕިޓަލަކީ 24 ގަޑި އިރު ޚިދުމަތްދޭތަނަކަށްވެފާ ހޮސްޕިޓަލުގެ ރެޖިސްޓްރޭޝަނުގާ މަސައްކަތްކުރަ ހުރިހާމުވައްޒަފުންނަކީވެސް 24 ގަޑިއިރު ( ހުރިހާ ދަންފަޅިއެއްގާވެސް ) މަސައްކަތްކުރަންޖެހޭ މުވައްޒަފުންކަން ދަނެ، ޑިއުޓީ ރޯސްޓަރގައި ކަޑައެޅިފައިވާ އެމީހެއްގެ ޑިއުޓީއަށް ހާޒިރުވުމަކީ ކޮންމެ މުވައްޒަފަކުވެސް ކުރަންޖެހޭނެކަމެއް
  • ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން،ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވަނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން
  • ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދްމަތުގައި މަސައްކަތްކުރަންތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތުހުސްކޮށްގެން ނުތިބުން
  • ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން
  • ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
  • ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ ހިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލއިގަތުން
  • ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދައްނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން
  • ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް ( އިންޕޭޝަންޓް އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފިހުގެ ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން
  • އާސަންދައިގެ ޚިދުމަތާއިގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން / ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސއްކަތެއް ހިންގާ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން، ކަސްޓަމަ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 31 ޑިސެމްބަރ 2019 އާއި 20 ޖެނުއަރީ 2020 އާ ދެމެދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885046 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

19 ޑިސެންބަރު 2019
ހޯދާ