މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިމިވާ މަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕެކޭޖް ނަންބަރު

ޕެކޭޖް ނަން

ޕެކޭޖް 1

ނ.ޅޮހި، ނ.މާޅެންދޫ، ނ.ކުޑަފަރި، ނ. ކެނދިކުޅުދޫ، ބ.ހިތާދޫ އަދި ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ނ.ހޮޅުދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 2

ރ.އިނގުރައިދޫ، ރ.ރަސްގަތީމު، ރ.ވާދޫ، ރ.އަނގޮޅަތީމު އަދި ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ރ.އަލިފުށީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 3

ހދ.ފިނޭ، ހދ.ކުރިނބި، ހއ.އުލިގަމު އަދި ހއ.ފިއްލަދޫގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ނާވައިދޫ އަދި ހދ.ނޮޅިވަރަމުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 4

ށ.ކޮމަންޑޫ، ށ.މަރޮށި، ށ.ނަރުދޫ އަދި ށ.މާއުނގޫދޫގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ށ.ކަނޑިތީމު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް މަސައްކަތާއި ށ.ފޯކައިދޫ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް މަސައްކަތާއި ށ.ފުނަދޫ އަލަށް ޤާއިމުކުރެވުނު ސަރަހައްދުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 5

ތ.ވަންދޫ، ތ.ކިނބިދޫ، ތ.ގާދިއްފުށި އަދި ގއ.ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ލ.މާވަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕެކޭޖް 6

ތ.ކަނޑޫދޫ، ފ.މަގޫދޫ، އަދި ކ.ގުޅި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި އދ.ހަންޔާމީދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

2. މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ޙާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
3. ބިޑް ހުށަހަޅާ ފަރާތަށް އެއް ޕެކޭޖް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް ޝައުގުވެރިކަން ފާޅުކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.
4. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
5. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 19 ޑިސެންބަރު 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 05 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 1300 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.
 
   ނެޝަނަލް ޓެންޑަރ،
   މިނިސްޓްރީ އޮފް ފިނޭންސް،
   އަމީނީމަގު، މާލެ، ދިވެހިރާއްޖެ
   ޓެލެފޯން: +(960) 3349296
   އީމެއިލް: [email protected]
   ކޮޕީ: [email protected]

 

19 ޑިސެންބަރު 2019
ހޯދާ