ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުއްތުކުދިން ކުޅުމަށް ބޭނުންވާ 02 ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދުން

ނިލަންދޫ ކުޑަކުދިންގެ ޕާކާއި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތީގައި ތުއްތު ކުދިން ބޯޅަ ކުޅުމަށް ވިނަ ކާޕެޓު ދިނުމުން ކާޕެޓު އަޅައިގެން އަމިއްލަ ތަކެތީގައި ކުޑަ 2 ފުޓްސަލް ދަނޑު ހެދުމަށް ކުރި މި އިދާރާގެ ނަންބަރު  (IUL)374-C/374/2019/119 (09 ޑިސެންބަރު 2019) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އަލުން އިޢްލާންކުރަމެވެ.

 

މި 2 ދަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި މަސައްކަތް ކުރަން ބޭނުންފުޅުވާ ބޭފުޅުން، "އަންދާސީ ހިސާބު ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 31 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މި 2 ދަނޑުގެ މަސައްކަތާ ބެހޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް       (fb id: Faafu Nilandhoo Council Idhaaraa) އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

22 ރަބީޢުލްއާޚިރު 1441

19 ޑިސެންބަރު  2019

19 ޑިސެންބަރު 2019
ހޯދާ